Friday, March 13, 2015

މިނިވަންކަމަށް ކުރި ދަތުރު


ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމާއި ދެކޮޅަށް އޭރު ހުންނެވި ރަދުންނާއި، ބޮޑުވަޒީރާއި، ފަނޑިޔާރު ކަމާ ޙަވާލުވެ ހުންނެވި ނައިބު ތުއްތުވެސް މަސައްކަތް ކުރެއްވިކަމަށްއަބުދުލްޙަކީމް ޙުސައިންމަނިކު (1994) ހާމަ ކުރައްވައެވެ.
ދިވެހިރާއްޖޭގެ ރައްޔިތުން މިނިވަންކަމުުގެ ހުވަފެންތައް ދެކެން ފެށީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމުން އަޅުވެތިމަކުގެ އިހުސާސް ކުރަން ޖެހޭލެއް ބޮޑު ކަމުންނެވެ. އެކަމުގެ އަސަރުތައް ފެންނާތީއެވެ. އަދި އެކަމުން އެތައް ގެއްލުންތަކެއް ދިވެހިންނަށް ވަމުން ދާތީ އެވެ.

ދިވެހި ސަރުކާރުގެ އިސްވެރިން އިސްތިޢުމާރާއި ދެކޮޅަށް މަސައްކަތް ކުރައްވަން ފެއްޓެވުމުގެ ނަތީޖާ އަކީ ދިވެހި ރައްޔިތުންގެ ޚިޔާލުވެސް އެ ދިމާއަށް އެނބުރި މިނިވަންކަމުގެ ނަމުގައި މަސައްކަތްތަކެއް ކުރަން ފެށުމެވެ. ސީދާ ކޮންނާއި ނު ސިދާކޮށް އިނގިރޭސި ސަރުކާެާރާއި ދެކޮޅަށް ދިވެހިން މަސައްކަތް ކުރިއެވެ. ތަފާތު އެއްވުންތައް ބާއްވައިގެންނާއި، އެކިގޮތްގޮތަށް އިހުތިޖާޖު ކޮށްގެންނެވެ. 

No comments :

Post a Comment