Saturday, March 14, 2015

ފަންސާސް އަހަރު ފަހުން ދިވެހިރާއްޖެ އޮންނާނެ ގޮތުގެ ތަޞައްވަރު


ރާއްޖެ މިއަދު ދެކެމުންދާ ތަރައްޤީ އާއި ކުރިއެރުން ތަކަށް ބަލާއިރު ވަރަށް ހަލުވި މިނެއްގައި ކުރިއަށް ދާނެ ކަމަށް ފާހަގަ ކުރެވެއެވެ. މިހާރު ތަރައްޤީގެ ދުވެލި ހުރިގޮތަށް ބަލާއިރު  މީހުން އުޅޭ ރަށްރަށުގެ އަދަދަށާއި ރަށްރަށުގައި މީހުން އުޅޭ އަދަދުތަކަށް
ބޮޑެތި ބަދަލުތައް އަންނާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ

މިހާރު ރާއްޖޭގެ އާބާދީ އަކީ ހަތަރު ލައްކަ މީހުން ހަމަ ނުވާ އާބާދީ އެކެވެ. މީގެ ތެރޭގައި ލައްކައެއްހާމީހުން މާލޭގައި އުޅޭއިރު ބައިލައްކައާއި ގާތްކުރާ އަދަދަކަށް އުޅެނީ ހުޅުމާލޭގައެވެ. ހުޅުމާލޭގައި މިހާރު ހިއްކަމުންދާ ސަރަހައްދު ތަރައްޤީކޮށް ނިމުމުން އިތުރު ދޮޅުލައްކަ މީހުން އެ ރަށަށް ހިޖުރަ ކުރާނެ ކަމަށް ޤަބޫލު ކުރެވެއެވެ.


މި ހިސާބުތަކަށް ބަލާއިރު 2050 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ޖަމާވެފައި އޮންނާނީ ހުޅުމާލެ އަށެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކުދިރަށްތައް އެއްކޮށް ފަޅުވެ އެރަށްރަށުން މީހުން ފައިބާނެއެވެ. އަދި އެފަދަ ރަށްރަށް އިޤްތިޞާދީ ތަފާތ މަސައްކަތްތައް ކުރާ ނުވަތަ ފަތުރުވެރިކަމުގެ ސިނާއަތަށް ދޫކުރެވޭނެ ރަށްރަށަށް ވާނެއެވެ.

No comments :

Post a Comment